ދަނގެތި

ދަނގެތީގެ ގެއަކުން 9000 ޑޮލަރުގެ ސާމާނު ވަގަށް ނަގައިފި

Oct 21, 2021
1

އދ. ދަނގެތީ ގެއަކުން 9000 ޑޮލަރު ނުވަތަ 138,780 ރުފިޔާގެ ސާމާނު ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލް ވިދާޅުވީ ވައްކަމުގެ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ވަގަށް ނެގީ ފަރުމަސްވެރިކަމުގައި ބޭނުން ކުރާ ސާމާނުތަކެއް ކަމަށް އޮފިޝަލް މައުލޫމާތު ދެއްވާފައިވެ އެވެ.

އޮފިޝަލް ވިދާޅުވީ ވަގަށް ނެގި ތަކެތީގެ މައުލޫމާތު ވެރިފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެކަމަކު އެ މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން ދަނީ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ހޯދުމާއި އެކު މައްސަލަ ތަހުގީގު ކުރަމުންނެވެ.