ޓޫރިޒަމް

އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެއަށް

Oct 22, 2021

އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ އެވޯޑު ދިވެހިރާއްޖެ އަށް ލިބިއްޖެ އެވެ.

މިދިޔަ 17 އަހަރު ތެރޭގައި ރާއްޖެއިން ވަނީ 13 ފަހަރު މި އެވޯޑް ހޯދާފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓެގަރީން އެންމެ މަގުބޫލު މަންޒިލްގެ އިތުރުން ލީޑިން ބީޗު ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ވެސް ރާއްޖެ އިން މިއަހަރު ވަނީ ހޯދާފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑްވެސް ލިބިފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓެގަރީން ލިބުނު އެވޯޑްތަކާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މުހިއްމު އެވޯޑް ތަކެއް ލިބުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އެވޯޑްތައް ލިބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތުން ކަމަށްވެސް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލްގެ އެވޯޑް ވެސް މިދިޔަ އަހަރު ހޯދީ ރާއްޖެއިންނެވެ.