މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކަށް އަނިޔާކުރި މީހާގެ ބަންދަށް 10 ދުވަސް

ނަވާރަ އަހަރުގެ އަންހެނަކަށް އަނިޔާކުރި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ނަވާރަ އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސޯޝަލްމީޑިާގައި އަޑުފެތުރުނު ގޮތުން އެ ފިރިހެން މީހާ ވަނީ އެ އަންހެން މީހާ ރަހީނު ވެސް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަަމަށެވެ.

ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އަންހެން މީހާއަށް އަނިޔާކުރުމުން މީހުން އެ ސަރަހައްދަށް އެއްވި ވަގުތު އެވެ.

އަންހެން މީހާއަށް އަނިޔާކޮށްފައިވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގޭގެ ލިފްޓް ކައިރީގައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ.