އެމްޓީސީސީ

މާފުށި ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށްފި

Oct 24, 2021

ކ. މާފުށީގައި އެމްޓީސީސީއިން ކުރިއަށްގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ވަނީ ޖަހައިފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 118.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.