ގދ. ތިނަދޫ

ހާލު ދެރަވި ގައިދީއަކު މަރުވެއްޖެ

ގދ. ތިނަދޫގައި ހާލު ދެރަވަގެން ފަރުވާދެމުން ދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.

ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ގައިދީއަކު ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ޖަލު ހުކުމެއް ކޮށްފައިވާ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ހުކުމް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް އޮކްޓޫބަރު 14 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު އެ މީހާ ބަލިވުމާ ގުޅިގެން ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި އެ މީހާގެ ބަލި ހާލަތު ހުރި ގޮތުން މިމަހުގެ 21 ވަނަ ދުވަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ބަންދުގައި ހުރި ގައިދީ މަރުވި އިރު ވެސް އެމީހާ މަރުވި ކަމަކަށް ފުލުހުން ނުބުނެ އެވެ.