މޯލްޑިވްސް ޕޮލިސް ސާވިސް

ޓެކްސީ ޑްރައިވަރުން ގާނޫނަށް އަހުލުވެރިކޮށްފި

Oct 24, 2021
1

އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ޓެކްސީ ޑްރައިވަރުން އަހުލުވެރިކުރުވުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

ފުލުހުން އިންތިޒާމު ކުރި މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މި މަހުގެ 17 އިން 21 އަށެެވެ.

މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރަށް އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި 121 މީހުން ބައިވެރިވެފައިވެ އެވެ. އަދި ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމުގައި 51 މީހުން ބައިވެރިވެފައިވެ އެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީން ޕްރޮގްރާމެކެވެ. އަދި މިއީ މިއަހަރު ހިންގި މިފަދަ ތިން ވަނަ ޕްރޮގްރާމެވެ.