އެލައިޑް އިންޝުއަރެންސް

ދިވެހިން ލައިފް އިންޝުއަރެންސްއާ ބީރައްޓެހީ ކީއްވެ؟

Oct 25, 2021

މިއީ އާންމުކޮށް އަހަރެމެންގެ ތެރޭގައި ނުދައްކާ ވާހަކައެކެވެ. އަހަރެމެން ގަޔާވާން ބޭނުން ނުވާ، ދުރު ވާހަކަ އެވެ. ބައެއް މީހުންނަށް ގޯސް ތަސައްވަރެއް ކުރެވިފައި އޮންނަ ވާހަކަ އެކެވެ. ވަރަށް ބީރައްޓެހި ވާހަކަ އެކެވެ. ލައިފް އިންޝުއަރަންސޭ ބުނުމުން ހިތަށް އަރާނީ މިއީ ފުރާނައެއްގައި އަގެއް ޖަހާލުމެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނޭ އެވެ. ލައިފް އިންޝުއަރެންސާ މެދު ކުރެވިފައި އޮންނަ ގޯސް ތަސައްވަރުތަކަކީ މިއީ އެވެ.

ލައިފް އިންޝުއަރެންސްގެ ބޭނުމަކީ ތިމާ ނެތް ދުވަހެއްގައި އާއިލާއަށް ފޯރުކޮށްދޭނެ "ބެކްއަޕް ފައިސާ" ރައްކާކުރުމެވެ. ލައިފް އިންޝުއަރަންސްގެ މާނައަކީ ވެސް އެއީ އެވެ. އެ މަގުސަދަށްޓަކައި އެއްކުރާ ފައިސާ އަކީ ދައްކާ "ޕްރީމިއަމް" އެވެ.

ލައިފް އިންޝުއަރެންސާ އަހަރެމެން ދިވެހީން އެހާ ބީރައްޓެހިވާ މައިގަނޑު ސަބަބަކީ އޭގެ މައުލޫމާތު ރަނގަޅަށް އެނގި ފަހުމުވެފައި ނެތުމެވެ. އަދި ލައިފް އިންޝުއަރެންސް ފަދަ ޕްރޮޑަކްޓްތަކުގެ ޒަރިއްޔާއިން މުޖުތަމައުގައި އަށަގަންނަން މަސައްކަތްކުރާ ފަހަށް ރައްކާކުރުން ފަދަ އާދަތަކަށް އަހަރެމެން އެހާ އަހުލުވެރި ނުވުމެވެ.

އަހަރެމެންގެ އާންމު ދިރިއުޅުން ބޮޑަށް ބިނާވެފައި އޮންނަނީ ދިގު މުއްދަތުން ފައިދާއެއް ހޯދުން ފަދަ ދެމެހެއްޓެނިވި ހައްލެއްގެ ބަދަލުގައި، ކުރު މުއްދަތުން ކަންކަން ކުރުމަށެވެ. ނުވަތަ ވަގުތުން ފައިދާއެއް ހޯދުމެވެ. އަދި ދަރަންޏަށް ނުވަތަ ކްރެޑިޓަށް ކަންކަން ކުރުމެވެ. މިކަންކަން މިހެން ދިމާވަނީ އަހަރެމެންގެ ތެރޭގައި މާލީ ކަންކަމާ ބެހޭ މައުލޫމާތު ނުވަތަ ފައިނޭންޝަލް ލިޓްރަސީ އެކަށީގެންވާ މިންވަރަށް ލިބިފައި ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން ފަހަށް ރައްކާކުރުމަށާއި މުސްތަގުބަލަށް ވިސްނުން ފަދަ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ.

މުސްތަގުބަލަށް ތައްޔާރުވުމަށް ނުވަތަ ތިމާ ނެތް ދުނިޔެއެއްގައި ދަރީންނަށާއި އާއިލާއަށް އެހީތެރިވުމަށްޓަކައި ލައިފް އިންޝުއަރަންސް ފަދަ ސްކީމެއް މެދުވެރިކޮށް ކުރެވިދާނެ ބައިވަރު ކަންކަން ހުރެ އެވެ. މިސާލަކަށް ބަލާނަމަ، އެލައިޑް އިންޝުއަރެންސްގެ މޯގޭޖް ޕްރޮޓެކްޝަން ޕްލޭން އަކީ ނެގި ލޯނެއް ދައްކަމުން ދަނިކޮށް ނިޔާވެއްޖެ ނަމަ އެ ލޯނު އަނބުރާ ދެއްކުމުގެ ބުރައިން އާއިލާގެ އެހެން މެމްބަރުން ސަލާމަތްކޮށްދޭ ޕްލޭނެކެވެ.

އެކްސިޑެންޓެއް ދިމާވެ ދާއިމީ ނުކުޅެދުންތެރިކަމަކަށް ގޮސް ވަޒީފާ އަދާކުރުމުން މަހުރޫމުވެ އާއިލާގެ އާމްދަނީއަށް އަސަރުކުރުމުގެ ހާދިސާއަކުން ރައްކާތެރިވުމަށް އިންޑިވިޖުއަލް އެކްސިޑެންޓް ޕްލޭންގެ ބޭނުން ހިފިދާނެ އެވެ. ނުވަތަ އާއިލާގެ މެމްބަރެއްގެ ކުއްލި މަރުން އާއިލާގެ އާމްދަނީ ހުއްޓުން ފަދަ ކަމެއް މެދުވެރިދާނެތީ އިންޑިވިޖުއަލް ޓާމް އެޝުއަރަންސް ޕްލޭން ނެގިދާނެ އެވެ.

މީގެ އިތުރުން ފަހަށް ރައްކާކުރުމުގެ ސޭވިންގް ސްކީމްތަކަކީ ވެސް ލައިފް އިންޝުއަރެންސްގެ ބާވަތްތަކެވެ. އެލައިޑް އިންޝުއަރަންސްގެ ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް ޕްލޭން އަކީ ދަރިފުޅު ސާނަވީ ތައުލީމުގެ އުމުރަށް އަރާ އިރު އޭނާ އަށް ލިބޭނެ ފަދަ ގޮތަކަށް ރައްކާކޮށްދޭ ފައިސާގެ ފަންޑެކެވެ. މީގެ އިތުރުން ފައިސާގެ ލިކުއިޑިޓީ އަދި ބޯނަސް ވެސް ހިމެނޭ ލައިފް އިންޝުއަރަންސް ޕްލޭންތައް ހިމެނެއެވެ. އަދި އެލައިޑްގެ ރަން ރޭރު ފަދަ ޕްލޭންތަކަކީ ފަހަށް ރައްކާކުރުމާއި ފައިސާގެ ލިކުއިޑިޓީގެ އިތުރުން މުސްތަގުބަލުގައި އާއިލާއަށް މާލީ ރައްކާތެރިކަން ހިމެނޭހެން ގިނަ ފައިދާތަކެއް ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭންތަކެވެ.

އިންޝުއަރެންސާ ގުޅިގެން އަބަދުވެސް ކިޔައި އުޅޭ ވާހަކައަކީ "ކަމެއް ވާނީ ބުނެފައެއް ނޫނޭ"އެވެ. މިއީ ހަމަ ހަގީގަތުގައި ވެސް ތެދެކެވެ. އާއިލާގެ އާމްދަނީއަށް ކޮންޓްރިބިއުޓުކުރުމަކީ އަދާކުރެވޭ ބޮޑު ޒިންމާ އެކެވެ. އެހެންކަމުން ތިމާ ނެތް ދުނިޔެއެއްގައި އާއިލާގެ އެހެން މީހުންނާ މެދު ވިސްނައި، އެމީހުންނަށް ބުރަ އުފުލަން ނުޖެހޭ ވަރު މިއަދު ވެސް ކޮށްދެވޭނެ އެވެ. ލައިފް އިންޝުއަރެންސް ޕްލޭނެއް ނެގުމަކީ އެކަމުގެ ބިންގަލެވެ.