އެޗްޑީސީ

އެޗްޑީސީން 1000 ފްލެޓެއްގައި ސޯލާފެނަލް ހަރުކުރަނީ

ހުޅުމާލޭގެ 1000 ފްލެޓެއްގައި ސޯލާފެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ ކުރިން، އެ ފްލެޓުތަކުގެ ފުރާޅުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ބައެއް ފްލެޓްތަކުގެ ފުރާޅު އިންސްޕެކްޓުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

‎އެޗްޑީސީން އިންސްޕެކްޝަން ހަދަން ނިންމާފައިވަނީ ބްލޮކް 84، 91، އަދި 121 ނަންބަރު ފުރާޅުތަކުގައެވެ.

އިންސްޕެކްޓުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދުގެ ވަގުތުތަކުގަ އެވެ.

‎ފުރާޅުތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދަނީ ކެރޭނެއް ބޭނުންކޮށްގެން ފުރާޅުގައި ކަމަށާއި ފުލެޓެއްގެ ތެރެއަށް އިންސްޕެކްޝަން ޓީމުން ނުވަންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ސްމާޓް ސިޓީ ކޮންސެޕްޓަށް ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ފްލެޓްތަކުގައި ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކޮށްފައިވެ އެވެ.