މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނުކަން ސްޓެލްކޯ އިން ވެސް ޔަގީންކޮށްދެ އެވެ.
ސްޓެލްކޯ އިން ބުނީ އެ މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ޓެކްނިކަލް މައްސަލަތައް ދިމާވެ ވަރަށް އަވަސް އަވަހަށް ކަރަންޓު ކެނޑެ އެވެ. އެކަމާ ގުޅިގެން އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.