އެމްޓީސީސީ

ހުޅުމީދޫ ބަހާއުއްދީން މަގުގެ މަސައްކަތް ނިންމައިފި

Oct 26, 2021

ސ. ހުޅުމީދޫ ބަހާއުއްދީން މަގުހެދުމުގެ މަސައްކަތް ނިމިއްޖެ އެވެ.

ހުޅުމީދޫ ބަހާއުއްދީން މަގުހެދުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިނިސްޓަރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަރުގެ އަމަލީ މަސައްކަތް ފެށީ އޭޕްރިލް، 1 2019 ގައެވެ.

ހުޅުމީދޫ ބަހާއުއްދީން މަގުހެދުމުގެ މަސައްކަތުގެ ދަށުން 2.2 ކިލޯމީޓަރު ދިގު 8.8 މީޓަރު ފުޅާ މަގުގައި ތާރުއެޅިއެވެ. އަދި 6060 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމު ކޮށްފައިވެއެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކޮށް ކޭބަލް ޖަންކްޝަން ވަޅުލައި މަގުބައްތި ހަރުކޮށްފައިވެއެވެ.

އަދި މަގުމަތީ ނިޝާން ހަރުކޮށް ސްޕީޑް ބްރޭކަރު ހަރުކޮށް ކަފިހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

މިއީ 41.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.