އެމްޓީސީސީ

ލަންދޫ ބަނދަރުގެ އަޕްޑޭޓެއް ދީފި

Oct 27, 2021
1

ނ. ލަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓެއް އެމްޓީސީސީ އިން ދީފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ލަންދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 72 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 25 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1690 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން މޫރިންގް ރިންގް ސަޕްލައިކޮށް ހަރުކުރުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 32.4 މިލިއަން ރުފިޔާ އެވެ.