މޯލްޑިވްސް ޕޮލިސް ސާވިސް

ބިދޭސީ ނަރުހެއްގެ މަރުގެ މައްސަލަ ބަލަނީ

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އަމިއްލައަށް މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު އަވަސް އަށް ބުނެފައި ވަނީ ބިދޭސީ އަންހެނަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައިގައި ބަލަން ޖެހޭ އިތުރު ކަންކަން ފާހަގަވެފައި ހުރުމުން އެކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.

އަންހެން މީހާ ދަންނަ މީހަކު އަވަސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށާފައިވަނީ އޭނާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އޭނާ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ހަތަރު އަހަރުގެ ދަރިފުޅާ އެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއަށްފަހު ފިރިމީހާގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަނީ އެ މަރުގައި ޝައްކުތަކެއް ހުރުމުން ކަމަށް މައުލޫމާތު ލިބެ އެވެ.