މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން ސައިބާ ސެކިއުރެޓީއަށް އަހުލުވެރިކުރުމުގެ ފްރޮގްރާމެއް ފަށައި ފިއެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ސައިބާ ސެކިރުރެޓީއާއި ގުޅޭގޮތުން ހޭލުންތެރިކުރުން އޮތީ މިއަދު ހެނދުނު އެވެ. މި ޕްރޮގްރާމަަށްގައި ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާދި އިސްވެރިން ބައިވެރިވަޑައޮގެންނެވި އެވެ.
މި ޕްރޮގްރާމަކީ އެމްޕީއެލްގެ އައިޓީ ޑިޕާޓްމަންގެ ފަރާތުން ކުރިއަށް ގެންދިޔަ ކަމަށެވެ. މަގުސަދަކީ ސައިބާ ސެކުރިޓީ އިންޕްރާސްޓަރްޗާ އާއި ސައިބާ ސެކިއުރިޓީ ތްރެޓްސްއަށް މުވައްޒަފުން ހޭލުންތެރި ކުރުން ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
މިއަދުގެ ޕްރޮގްރާމް ހާއްސަކުރީ އެކްޒިކިއުޓިވް ޓީމަށް ކަމަށް އެމްޕީއެލްއިން ބުނެ އެވެ. އެހެން ދުވަހަކުން އެޑްމިން ބައިގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސައިބާ ސެކިއުރިޓީގެ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށެވެ.