މޯލްޑިވްސް ޕޮލިސް ސާވިސް

އަމިއްލަ ބަރަހަނާ ފޮޓޯތަކެއް ވައިބާ ގްރޫޕަކަށް ލައިފި

Oct 28, 2021

ދިވެހި އަންހެނަކު، އޭނާގެ އަމިއްލަ ބަރަހަނާ ފޮޓޯތަކެއް ވައިބާ ގްރޫޕަކަށްލީ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނަކު އަމިއްލަ ބަރަހަނާ ފޮޓޯތަކެއް ޕަބްލިކް ވައިބާ ގްރޫޕަކަށް ފޮނުވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހެކެވެ.

އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ. މައްސަލައިގެ ތަފްސީލް ފުލުހުން ނުދެ އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ބަރަހަނާ ފޮޓޯ އާންމުކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.