އުރީދޫ

އުރީދޫ ވާކް ގުރޫޕްގެ ހިދުމަތްތައް އެމްޔޫއެމަށް

Oct 28, 2021

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމްޔޫއެމް) އަށް "އުރީދޫ ވާކް ގްރޫޕް" ޕެކޭޖްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޔޫއެމް ގެ މެންބަރުންނަށް "އުރީދޫ ވާކް ގްރޫޕް" ގެ ހިދުމަތްތަކުގެ ތެރެއިން ހިލޭ ގުޅުމާއި އެސްއެމްއެސް ގެ ހިދުމަތާއި ހަތަރު ޑިޖިޓުން ގުޅަން ބޭނުންކުރާ "ޝޯޓްކޯޑް" ގެ ހިދުމަތާއި "ވާކް ގްރޫޕް" ގެ ބޭރުން ހިލޭ ގުޅޭ ނަންބަރުތަކެއް ހުރުން ފަދަ ހިދުމަތްްތައް ލިމިޑެއް ނެތި ލިބޭނެ އެވެ.

އަދި "ވާކް ގްރޫޕް" ޕޯޓަލްގެ ހިދުމަތްތަކާއި މެންބަރުންނަށް ހިލޭ "ބަލްކް އެސްއެމްއެސް" ފޮނުވުމުގެ ހިދުމަތްތަކާއި "އުރީދޫ ކްލަބް ޕްރިމިއާ" ގެ ފައިދާތައްވެސް ލިބެއެވެ. އުރީދޫ އިން ވަނީ މި އެއްބަސްވުމުގެ ދަށުން ލިބޭ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ދިނުމުގެ ގޮތުން މިއަދު މެންބަރުންނަށް "ޒޫމް" މެދުވެރުކޮށް ޕްރެޒެންޓޭޝަންއެއް ދީފައެވެ.

މި ހިދުމަތްތައް މިއަދުން ފެށިގެން އެމްޔޫއެމް ގެ މެންބަރުންނަށް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.