ރޭޕް

ޖިންސީ ގޯނާއާ ދެކޮޅު ހަރަކާތެއް މިއަދު ބާއްވަނީ

ސްކޫލް ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް "ރައިޒް އަޕް އެމްވީ" އާއި ސްކޫލްތަކުގެ ބައެއް ބެލެނިވެރިން މިއަދު މާލޭގައި އެއްވުމަށް ބާއްވަން ނިންމައިފި އެވެ.

ޖިންސީ ގޯނާއަސް ދެކޮޅަށް މަސައްކަތްކުރާ އެންޖީއޯ، ރައިޒް އަޕް އެމްވީގެ ފަރާތުން މަރިޔަމް ޒަހާ ޖަމީލް ވިދާޅުވީ މިއީ ސުލްހަވެރި އެއްވުމެއް ކަމަށާއި އަދި އެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު މާފަންނު ރަސްފަންނުގައި ކަމަށެވެ.

ޒަހާ ވިދާޅުވީ މި ހަރަކާތަކީ މީގެ 18 ދުވަސް ކުރިން ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާ ކުރިމަތިވި ކުއްޖާ އާއި އެހެން ވެސް އެފަދަ ކުދިންގެ ހައްގުގައި ނުކުންނަ ނުކުތުމެއް ކަމަށެވެ.

މިއަދު ބާއްވާ އެއްވުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.