ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީން ދިއްދޫގައި ޕާކެއް

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން އެހީވެގެން ހއ. ދިއްދޫގައި ހެދި ޕާކް ހުޅުވައިފި އެވެ.

ދިއްދޫ އަތިރިމަތީ ސަރަހައްދުގައި ހާދަފައިވާ ޕާކަށް ދީފައިވާ ނަމަކީ " ރަށްސިގަނޑު" އެވެ. ބީއެމްއެލް ގުޅިގެން ދިއްދޫގައި ކޮމިއުނިޓީ ޕާކް ހަދާފައި ވަނީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުނެވެ. އެހީވެ ދީފައި ވަނީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑެވެ.

މި ޕާކާއެކު އެ ރަށު ރައްޔިތުން ހުސްވަގުތުގައި އެއްވެ، ވަގުތު ހޭދަކުރާނެ ހިތްފަސޭހަ މާހައުލެއް އޮންނާނެ އެވެ. މި ޕާކުގައި ބާބެކިއު ހެދުމާއި މީހުން ބައްދަލުކޮށް ވަގުތު ހޭދަކޮއްލަން ތިބޭނެ ވަސީލަތް ގާއިމް ކުރުމާއެކު ފޮތް ހަރުގަޑެއް ވެސް ބަހައްޓާފައި ވެއެވެ.

މިޑްލް ސްޕޯޓްސް ކްލަބުން ބުނީ ދިއްދޫ އަކީ އާބާދީގެ ގޮތުން އެ އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން އެ ރަށުގައި ވަރަށް މަދު ކަމަށާއި ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ޕާކެއް ހެދީ އެހެންވެ ކަމަށެވެ.