ކޮވިޑް-19 އިގެ ސަބަބުން އެހީތެރި ކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވާން ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބޭންކުން ދޭ އެހީގައި އެ ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.
އާކްއިން އަންނަނީ މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރު ކޮށްދެމުންނެވެ. މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން ހއ. އާއި ހދ. އާއި މ. އާއި ފ. އަދި ދ. އަތޮޅުގައި އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިވާނެ އެވެ. އަދި މުސްތަގްބަލްގައި އަތޮޅުތައް އިތުރު ކުރުމަށް އާކް އިން މަސައްކަތް ކުރަމުން ދާނެ އެވެ.
މިދިޔަ މެއި މަހު ވެސް ބޭންކުން ވަނީ ކޮވިޑް-19 އިގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ. މި އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން އާކް އަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ 115 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.