އދ. ދިއްދޫ

ދިއްދޫ ގޮނޑުދޮށް ހިމާާޔަތް ކުރުމުގެ މަސައްކަތް ނިންމައިފި

Oct 31, 2021
1

ހއ. ދިއްދޫ ގޮނޑުދޮށް ހިމާާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިދިޔަ ބުދަ ދުވަހު ނިންމާފައިވާއިރު މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ ފެބްރުއަރީ 28، 2021 ގައެވެ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހިއެވެ.

މިއީ 10.02 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 17 މަސައްކަތެއް ނިންމާފައެވެ.