ބަނދަރު ޕްރޮޖެކްޓް

ދިއްދޫ ބަނދަރު މަސައްކަތް ފަށައިފި

Apr 8, 2021

ހއ. ދިއްދޫ ބަނދަރާއި ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

މި މަޝްރޫއުގައި، 78،000 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއެކު 616 މީޓަރުގެ ބޭރުތޮށި ލައި 185 މީޓަރުގެ ރިވެޓްމެންޓް ޖަހައި 326 މީޓަރުގެ އެއްގަމުތޮށި ލައި 4320 އަކަމީޓަރުގެ ޕޭވްމަންޓް ހަދާނެ އެވެ. އަދި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މިއީ 69.87 މިލިއަން ރުފިޔާގެ ދެ މަސައްކަތެކެވެ. މި ދެ މަސައްކަތް ވެސް އަހަރު ދުވަސްތެރޭ ނިންމައި ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ.