އެމްއައިޓީޑީސީ

ޔޮޓް ރެލީއަށް ގައިޑުން ތަމްރީނު ކުރަން ފަށައިފި

މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، އަންނަ އަހަރު ބާއްވާ ޔޮޓް ރެލީއަށް ޓުއާ ގައިޑުން ތަމްރީން ކުރަން ފަށައިފި އެވެ.

މި ޕްރޮގްރާމު ކުރިއަށްދާނީ 10 ދުވަހަށެވެ. ތަމްރީން ޕްރޮގްރާމް އިފްތިތާހު ކުރީ އިއްޔެ ވާޗުއަލްކޮށެވެ.

މި ތަމްރީން ޕްރޮގްރާމްގެ އަމާޒަކީ، ޔޮޓް ރެލީއަށް ތައްޔާރުވުމުގެ ގޮތުން، އެ ދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި ޓުއާ ގައިޑުން ތަމްރީނުކޮށް، ފަތުރުވެރިންނަށް ރަށްރަށުގެ އާސާރުތަކާއި އަދި ރަށާއި ބެހޭ ފުރިހަމަ މައުލޫމާތު ދިނުން ކަމަށް އެމްއައިޓީޑީސީ އިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ ރަށްރަށުގައި ފަތުރުވެރިކަން އާލާވެގެން އަންނައިރު، ނުހަނު މުހިއްމު އަދި ބޭނުންތެރި ތަމްރީނެއްކަމަށެވެ. އަދި ފަތުރުވެރިންނަށް ސައްހަ މައުލޫމާތުދީ، އެމީހުން ހިތްހަމަޖެހޭ ގޮތަކަށް ހިދުމަތް ދިނުން އެހީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.