މަސްތުވާތަކެތި

26 މައްސަލައެއްގައި އަތުލައިގެންފައިވާ ބަނގުރާ ނައްތާލައިފި

ތަފާތު އޮޕަރޭޝަންތަކުގައި ފުލުހުން ހޯދާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ ބަނގުރާ އަޅާފައި ހުރި 75 ރީދޫ ހަމާއި، 153 ބަނގުރާ ފުޅި އާއި އެއްދަޅު ބިޔަރު އަދި އެހެނިހެން 16 ބާވަތެއް ކަމަށެވެ.

ދޫނިދޫގައި މިއަދު މިތަކެތި ނައްތާލާފައިވަނީ މީޑިއާގެ ހާޒިރުގަ އެވެ.

ފުލުހުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އޮޕަރޭޝަންތަކުގައި ހޯދާފައިވާ ބަނގުރަލާއި މަސްތުވާ ތަކެތި ނައްތާލަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އަށް ފަހަރު ބަނގުރަލާއި މަސްތުވާ ތަކެތި ނައްތާލާފައިވެ އެވެ.