ފީއަލި

ފީއަލީގެ ދޯންޏަކުން ހަތް ކިލޯގެ މާވަހަރެއް ހޮވައިފި

Nov 2, 2021
1

ފ. ފީއަލީގައި މަސްވެރިކަން ކުރާ ދޯންޏަކުން ހަތް ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.

ކަންނެލި މަސްވެރިކަން ކުރާ ފީއަލީގެ "މަސްނާރު" ދޯނިން މާވަހަރު ހޮވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އަވަސް މައުލޫމާތު ދެމުން ފީއަލީގެ މީހަކު ބުނީ މާވަހަރު ހޮވީ ދ. ހުޅުދެއްޔާ ދިމާލުން ހަ މޭލު ބޭރުން ކަމަށެވެ.

މާވަހަރު ހޮވިއިރު ދޯނީގައި 12 މީހުން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

މާވަހަރު ހިފައިގެން މަސްނާރު ދޯނީގެ ފަޅުވެރިން މިއަދު ވަނީ ފީއަލީ އަށް ގޮސްފަ އެވެ.

ދޯނީގެ ވެރިފަރާތުން މާވަހަރު ވިއްކާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދެ ފަރާތަކާ ވާހަކަދައްކާފައިވާ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.