ހަބަރު

ލޮލުގައި ބުޅިއެއް އަޅައިގަނެ އަނިޔާވި މީހަކު މާލެ ގެންނަނީ

ދޯންޏެއްގައި މަސް ބާނަނީ: ދޮށީގެ މަސްވެރިކަމުގައި ލޮލުގައި ބުޅި އަޅައިގަންނަ ހާދިސާތައް ރާއްޖޭގައި ހިނގާ
0%
0%
0%

މަހަށް ނުކުމެ އުޅުނު މީހެއްގެ ލޮލުގައި ބުޅި އަޅައިގަނެ ލޮލަށް ގެއްލުންތައް ލިބުމުން އަވަސް ފަރުވާއަށް އެ މީހާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އދ. މަންދޫގެ ހުޅަނގު ފަރާތު ބޭރުގައި މަސްބާނަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އަޅައިގަނެ ލޮލަށް ގެއްލުންތައް ވެގެން އެ މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ލޮލުގައި ބުޅި އަޅައިގަނެ ގެއްލުންވީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ މަހަށް ނުކުމެ އުޅުނު "ރާސްތާ" ދޯންޏަކީ ފ. ފީއަލި ދޯންޏެކެވެ. ނަމަވެސް ލޮލަށް އަނިޔާވީ ފީއަލީ މީހެއް ކަމެއް ސިފައިން ބުނެފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖަމްޝީދް

އަލަށް މަސްވެރިކަމަށް ނިކުތް ސޮރެއްތީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345