ހަބަރު

ގަލޮޅު މަދަރުސާ މީހާ ދޫކޮށްލައިފި

Nov 2, 2021
2

ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ތުހުމަތު ވެގެބް ގަލޮޅު މަދަރުސާއިން ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

ހަގު ދަރިވަރަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް އެ މަދަރުސާގެ މުވައްޒަފުންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ 63 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލީ އެ މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާ ދިނުމުން ކަމަށާއި ރޭ ހައްޔަރު ކުރުމަށް ފަހު އެ މީހާ މިއަދު ހެނދުނު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބުނީ އެ މީހާ ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާ ކަމަށެވެ.

އެ މީހާ ދޫކޮށްލި އިރު އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާތީ ފާޑުކިޔުން އޮތީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.