ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ މުވައްޒަފުންނަށް އެވޯޑް ދީފި

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑް ދީފިއެވެ.

ރޭ ބޭއްވި އެވޯޑް ހަފްލާގައި އަފްރާހް އަހްމަދު، ހެޑް އޮފް ބޭންކިން ސޮލިއުޝަންސް އަދި މޮރޮޓޯރިއަމް ޕްރޮޖެކްޓް ޓީމް ވަނީ 2020 ވަނަ އަހަރުގެ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދާފަ އެވެ.

އަދި ކޮވިޑްގެ ދުވަސްތަކުގައި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވުނު ފަހުރުވެރި ރެކޮގްނިޝަން އެވޯޑް ބޭންކުގެ 17 ޓީމަކަށް ދިނެވެ. މީގެ އިތުރުން ހައްވާ ޝިނިއާޒް އަދުނާން، ހެޑް އޮފް ލޯން ސާވިސަސް ވަނީ 2019 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔާގެ އެވޯޑް ހޯދާފައެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބެންކުގެ ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް ކަމަށެވެ. އަދި މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ ބީއެމްއެލްގެ އެންމެންނަށް ވެސް ލިބޭ ނުހަނު އަގުހުރި ފިލާވަޅެއް ކަމަށެވެ.

"ކޮވިޑްގެ މުއްދަތަކީ ބޭންކަށާއި މުޅިގައުމަށްވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ އެއް ދުވަސްތައް. މި ދަނޑިވަޅުގައި މެދުނުކެނޑި ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ލާމަސީލު މަސައްކަތްތަކެއް." ސީއީއޯ ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްގައި މަސައްކަތްކުރާ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.