ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އަހުލު ޕްރޮގްރާމްގެ ދަށުން 64 މީހަަކަށް އެހީ

އަހުލު ޕްރޮގްރާމްގެ ދަށުން 64 މީހަކަށް އެހީތެރިވެ ދީފައި ވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަހުލު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 25 އާއިލާއަކަށް އެހީވެ ދީފައިވާނެ ކަމަށެވެ. އެއީ ޖުމްލަ 64 މީހެއް ކަމަށެވެ.

އޭގެތެރެއިން 15 އާއިލާއަކަށް ތިން މަހުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ހަތް އާއިލާއަަކށް ހަ މަހުގެ މާލީ އެހީ ފޯރުކޮށްދީފައިވެ އެވެ. އަދި ހަތް އާއިލާއަކަށް 20،000 ރުފިޔާގެ ލޯނު ދީފައިވެ އެވެ.

މީގެ އިތުރުން ރަށަށް ބަދަލުވާން ބޭނުންވާ 11 އާއިލާއަކަށް ދަތުރުގެ ހަރަދާއި މާލީ އެހީތެރިކަން ފޯރުކޮށްދޑހަމަޖެހިފައޮވާ ކަމަށް ވެސް ރިޒްނާ ވިދާޅުވި އެވެ.