ހަބަރު

ގާސިމްގެ މާފަންނު ވިލާ ފާސްކުރުމުގެ އަމުރެއް ހޯދައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިރިއުޅުއްވާ، މ. މާފަންނު ވިލާ ފާސްކުރުުމުގެ ކޯޓުއަމުރެއް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފި އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ފުުލުުހުންގެ އެދުމުގެ މަތިން އެ ގެ ފާސްކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ދިނީ މިއަދު އެވެ. އެހެން ނަމަވެސް އެ ގެ ފާސްކުރާނެ ވަކި އިރެއް އަދި ނޭނގެ އެވެ. އަދި އެ ގެ ފާސްކުރަނީ ކޮން ސަބަބަކާ ހުރެ ކަމެއް ވެސް ނޭނގެ އެވެ.

ފުލުހުން ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކޮށް ބައެއް ތަކެތި އެތަނުން ގެންގޮސްފަ އެވެ. ނާޒިމްގެ ގެ ބަލައި ފާސްކުރި ސަބަބެއް އަދި ރަސްމީކޮށް އެނގިފައެއް ނުވެ އެވެ. އެކަމަކު އަޑު ފެތުރިފައިވާ ގޮތުން ފުލުހުން އެނގެ ބަލައި ފާސްކުރީ ހަތިޔާރާއި ގޮވާތަކެތި ގެންގުޅޭ ކަމުގެ ބޮޑެތި ތުހުމަތުތަކެއްގަ އެވެ.