މަގުމަތީގެ އެކްސިޑެންޓް

ލިންކު ރޯޑް އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހިތަދޫއަށް ނިސްބަތްވާ އެ މީހާ މަރުވީ ރޭ ފަތިހު ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އެކްސިޑެންޓް ހިނގީ ސައިކަލްގައި އެ މީހާ ދަނިކޮށް ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިއެވެ.

އެކްސިޑެންޓްގައި އޭނާއަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވެއެވެ. ހާއްސަކޮށް އޭނާގެ ބޮލަށް ލިބުނު ގެއްލުން ބޮޑެވެ. އަދި މޫނާ ހަށިގަނޑުގެ އެކި ތަންތަނަށްވެސް އަނިޔާވެފައިވެއެވެ.

ސައިކަލުން ޖެހުނު ނަމަވެސް ހިނގާފައި ދިޔަ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.