ހަބަރު

ޖޭއެސްސީގެ ރައީސް ކަމުންނާއި މެމްބަރުކަމުން އާދަމް މުހައްމަދު އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވީ ކޮމިޝަނުން ބުނި ގޮތުގައި އެ މަގާމުގައި ހުރުމަށް އުޒުރުވެރިވާ ސަބަބުތަކެއް ހުރުމުންނެވެ.

އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅު ގާނޫނުގައިވާ ގޮތުގެ މަތިން ރައީސަށް މިއަދު ފޮނުއްވާފައިވާ ކަަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އަދި އެކަން ކޮމިޝަނަށް ވެސް މިހާރު އަންގަވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އާދަމް މުހައްމަދަކީ ދާއިމީ ސުޕްރީމް ކޯޓުން އުފެދުމަށް ފަހު އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނެވި ފަނޑިޔާރެވެ.