މިސްކިތަށާއި ރައީސް އޮފީހަށް ކުޑަކަމުގޮސް އިއްޔެ ހަތިމަކަށް ކުޅުޖެހި މީހާގެ އެއްވެސް ނަފްސާނީ މައްސަލައެއް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޒިޔާދުގެ މައްސަަލަ ޖެންޑާ މިނިސްޓްރީން ބެލި ކަމަށެވެ. އަދި އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުރި ފަރާތެއް ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
މި މައްސަލަ ވަނީ ފުލުހުން އަދި އެންޑީއޭއަށް ރެފާ ކޮށްފައި ކަމަށާއި އަދި މައްސަލަ ގާތުން ދަނީ މޮނިޓާ ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ޒިޔާދު އިއްޔެ ވަނީ އިބްރާހިމް މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖަހާފަ އެވެ. އޭނާ ފުލުހުންނާއި ހަވާލުކުރީ މިސްކިތުގައި ތިބި މީހުންނެވެ.
އޭނާ މީގެ ކުރިން ފުލުހުން އޭނާ ހައްޔަރުކުރީ މިސްކިތްތަކަށް އަރާ ކުޑަކަމުދިޔަ މައްސަލާގަަ އެވެ. ޒިޔާދު ދެ ފަހަރެއްގެ މަތިން ތިން މިސްކިތަކަށް ވަދެ ކުޑަކަމުގޮސްފައިވާއިރު ކޮންމެ ފަހަރަކުވެސް ހައްޔަރުކޮށް ދޫކޮށްލަނީ އެވެ.