ސްކޮޓްލޭންޑްގެ ގްލާޒްގޯގައި މިހާރު ކުރިއަށްދާަ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު ކޮޕް26 ގެ މަޝްވަރާތައް ވިލެރެސްކުރުމުގެ ޒިންމާ ރާއްޖޭގެ ތިމާވެށީގެ މިިނިސްޓަރު އައިމިނަތު ޝައުނާއާ ހަވާލުކޮށްފި އެވެ
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަމިޓު ކޮޕް26 ގެ މަޝްވަރާތައް ވިލެރެސްކުރުމުގެ ޒިންމާ އެ ސަމިޓުގެ ރައީސް އަލޮލު ޝަރުމާ، ޝައުނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޝައުނާއާ ހަވާލުކޮށްފައިވަނީ ކޮޕް ސަމިޓްގެ އެޖެންޑާއާ އެއްގޮތަށް މިނިސްޓަރުންގެ ފެންވަރުގައި ކުރަން ޖެހޭ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމަށެވެ. ޝައުނާއާ އެކު މަސައްކަތް ކުރައްވާނީ ސްޕެއިންގެ އިކޮލޮޖޮކަލް ޓްރާންސިޝަން ފޯ ސްޕެއިންގެ މިނިސްޓަރު ތެރީސާ ރިބޭރާ އެވެ.
އެ މަޝްވަރާތަކުގައި ތިމާވެށީގެ ބައިނަލްއަގުވާމީ މުއާހަދާ ޕެރިސް އެގްރިމަންޓް ތަންފީޒުކުރުމުގެ ގޮތުން އަޅަން ޖެގޭ ފިޔަވަޅުތަކާއި އެކަމަށް ފައިނޭންސް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.
ކޮޕްސަމިޓްގައި ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، އާންމުފަރާތްތަކުން ބައިވެރިވާނެ އެވެ.
ރާއްޖޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ކޮޕް 26 ސަމިޓުގައި ބައިވެރިވެލައްވަ އވެެ.