ރާއްޖެ ކުޅިވަރު

ޓީސީގެ ޒާދު އީގަލްސް އަށް

ނިމިދިޔަ ސީޒަނިގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު މިޑްފީލްޑަރު އަހުމަދު ޒާދު އަންނަ އަހަރު އީގަލްސް އަށް ކުޅެން ސޮއިކޮށްފި އެވެ.

ޓީސީން ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. އަދި ޒާދު އަކީ އަންނަ ސީޒަނަށް އީގަލްސް އަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާ އެވެ.

އެ ޓީމުގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ މި އަހަރު ކުޅުނު ޓީމުން ދެ ކުޅުންތެރިއަކު ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ޓީމުގައި ތިބޭނެ ކަމަށެވެ. އީގަލްސްގައި ނުހުންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އެވެ.

ޒާދު ޓީސީ ދޫކޮށްލިއިރު އޭނާ އަކީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ދެ ވަނަ މަގާމު ޓީސީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.

ލ. ކަޅައިދޫ ޓީމުން ޒޯން މުބާރާތުން ފާހަގަވުމަސްފަހު ވެލެންސިއާ އާއި ނިއު އަށް ވެސް ޒާދު ވަނީ ކުޅެފަ އެވެ.