ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ދެ މަހުގެ ކުއްޖަކު ކޮވިޑްގައި މަރުވެއްޖެ

ކޮވިޑް ޖެހިގެން ރާއްޖެއިން ދެ މަހުގެ ކުއްޖަކު މަރުވެއްޖެ އެވެ.

ކޮވިޑް ޖެހެގެން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ މިއަދު މެންދުރު 12:00 ހާއިރު ކަމަށް އަވަސް އަށް ކަށަވަރު ކުރެވިފައި ވެއެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ތުއްތު ކުއްޖާއަކީ ނ. މަނަދޫ ކުއްޖެކެވެ. އެ ކުއްޖާ ބަލިވެގެން ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ދެން ގެނައީ މާލެ އެވެ. މަނަދޫން ފުރިއިރު އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ނޫން ކަމަށް މައުލޫމާތު އެނގޭ މީހަކު ވަނީ ބުނެފަ އެވެ.

ނަމަވެސް އެޗްޕީއޭގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި އެންމެ ހަގު ކުއްޖާ އެވެ. މީގެ ކުރިން 10 އަހަރުގެ ކުއްޖަކު ވެސް ވަނީ ކޮވިޑް ޖެހެގެން މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑްގައި އިތުރު މީހަކު މަރުވިއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ދަނީ މަތިވަމުންނެވެ. އިއްޔެ ވެސް ބަލީގައި ވަނީ މީހަކު މަރުވެފަ އެވެ.