އެމްއޭސީއެލް

އެމްއޭސީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރަަކަށް ޑެރަން އައްޔަންކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަަށް ޑެރަން ވިލިއަމްސް އައްޔަނުު ކުރައްވައިފި އެެވެ.

ޑެރަން އެ މަގާމަށް އައްޔަނުކުރެއްވީ މިއަދުން ފެށިގެން ކަަމަށް އެމްއޭސީއެލްއިން މައުލޫމާތުދެ އެވެ.

ޑެރަން އަކީ އެއާޕޯޓު ހިންގެވުމުގައި ވަރަށް ތަޖުރިބާ ހުރި ބޭފުޅެކެެވެ. އެ ދާއިރާގައި އޭނާ ވަނީ 20 އަހަރު ހޭދަކުރައްވައިފަ އެވެ.

އޭނާ އެމްއޭސީއެލްއާ ގުޅުމުގެ ކުރިން މަސައްކަތް ކުރެއްވީ ދުނިޔޭގައި ވެސް އެންމެ ބާރުބޮޑު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

ޑެރަން ވަނީ އިނގިރޭސިވިލާތުގެ އެބަަޑީން އަދި ލަންޑަން ސްޓޭންސްޓެޑް އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އެމްއޭސީއެލްއިން ބުނީ އެއާޕޯޓުގެ އޮޕަރޭޝަންސްތަކާއި ކަސްޓަމާ ސާވިސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އޮޕަރޭޝަން ރެޑިނަސް އަދި އެއާޕޯޓްސް ޓްރާންސްފާ ޓީމާއެކު ޑެރަން ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވީ ގޯޑަން އެންޑްރޫ ސްޓުއާޓް އެވެ. އަދި އިސް މަގާމުތަކުގައި ވެސް ތިބީ ބިދޭސީންނެވެ.