ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕޮލިޓެކްނިކްގެ ކޯސްތައް ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފި

Nov 14, 2021

މޯލްޑިވްސް ޕޮލިޓެކްނިކަށް ޒިޔާރަތްކުރައްވައި އެތަނުގައި ކޯސްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްލަވައިލައްވައިފި އެވެ.

ރައީސް ސޯލިހުގެ މިޒިޔާރާތުގައި ދަރިވަރުން ކޯސްތައް ކުރިއަށް ގެންދާ ކްލާސްރޫމްތައް ބައްލަވާލައްވާ އެ ވަގުތު އެ ތަނުގައި ތިބި ދަރިވަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.

ރައީސްގެ މި ޒިޔާރާތުގެ އެމަނިކުފާނު ވަނީ އެ ތަނުގައި އިއްޒަތްތެރިން ސޮއި ކުރެއްވުމަށް ބާއްވާފައިވާ ފޮތުގައި ސޮއި ވެސް ކުރައްވާފަ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް ސަރުކާރުން އުފެއްދީ ވޮކޭޝަނަލް އަދި ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ މީހުން ތަމްރީން ކުރުމަށެވެ.

ޕޮލިޓެކްނިކްގައި ގެންދަނީ އައިޓީގެ ދާއިރާ، އިލެކްޓްރިކްގެ ދާއިރާއާ އަދި އެކި ހުނަރުތަކާއި ފަންނުތަކުގެ ދާއިރާ އިން އެކި ލެވަލްތަކުގެ ކޯސްތަކުން ހިންގަމުންނެވެ. އަދި ވީހާވެސް ގިނަ އަތޮޅުތަކުގައި ޕޮލިޓެކްނިކްގެ ކޯސްތައް ހިންގުމަށްވެސް އެ ތަނުން ބޮޑު އިސްކަމެއްދެ އެވެ.

ޕޮލިޓެކްނިކްގެ ކޯސްތަކުގައި މިދިޔަ އަހަރު 195 ދަރިވަރުން ބައިވެރިވެފައިވާއިރު މިއަހަރުގެ މިހާތަނަށް 141 ދަރިވަރުން ގެންދަނީ އެތަނުގެ ކޯސްތަކުގައި ތަމްރީންވަމުންނެވެ.