އެލައިޑް އިންޝުއަރެންސް

އަޔާދީ ތަކާފުލްއަށް ބޭރުގެ އެވޯޑެއް ލިބިއްޖެ

Nov 15, 2021

އެލައިޑުގެ އިސްލާމިކް ވިންގް، އަޔާދީ ތަކާފުލް އަށް ބޭރުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

އަޔާދީ ތަކާފުލް އަށް ލިބިފައި ވަނީ ސްރީލަންކާގެ އެޑިއު ކޮންސަލްޓުން ދޭ ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ ކެޓަގަރީގެ ގޯލްޑް އެވޯޑެވެ. މި އެވޯޑު ހަވާލު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އިފްސާ އެވޯޑު ހަފުލާގަ އެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތްދިނުމުގައި މުޖްތަމައު އަށް ފައިދާ ކުރުވަނިިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލް އިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު ތަކެއް ލިބިފަ އެވެ. އެ ކުންފުންޏަށް މީގެ ކުރިން 2017 ވަނަ އަހަރު ހައްޖު އަދި އުމްރާ ތަކާފުލް އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އާއި ހިދުމަތުގެ އަގު ވަޒަންކޮށް އެވޯޑެއް ލިބިފައިވެ އެވެ. އެ އަހަރު ލިބިފައިވާ ސިލްވަ އެވޯޑެކެވެ. އަދި 2018 އާއި 2019 އަދި 2020 ވަނަ އަހަރު ވެސް ޔުނިޓް އޮފް ދަ އިޔާ ކެޓަގަރީއިން ގޯލްޑް އެވޯޑު ލިބިފައިވެ އެވެ.