ވެލިދޫ

ވެލިދޫގެ މަގުތަކުގައި ތާރުއަޅަން އާރުޑީސީއަށް

Nov 16, 2021
1
ވެލިދޫގެ މަގުތަކުގައި ތާރުއަޅަން އާރުޑީސީއާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
0%
100%
0%

ނ. ވެލިދޫގެ މަގުތައް ހަދައި ތާރުއަޅަން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

އިއްޔެ ޕްލޭނިން މިނިސްޓްރީގަިއ ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއި ކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 450 ދުވަސް ތެރޭ ނިންމާ ގޮތަށް 88.5 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގައި ފަސް ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއެކު މަގު ބައްތި ޖަހާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޮހޮރު

ތިހިރީ ބޮދުވަގަކޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345