ހޯމްސްޓޭ

ހޯމްސްޓޭ ގަވާއިދެއް އަންނަ މަހު ނެރެނީ

Nov 16, 2021
1

ގޭގޭގެ ވަކި ކޮޓަރީގައި ޓޫރިސްޓުނަށް ތިބެވޭ ގޮތަށް ތައާރަފު ކުރާ "ހޯމްސްޓޭ" ޓޫރިޒަމްގެ ގަވާއިދު އަންނަ މަހު ނެރޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވީ ހޯމްސްޓޭ ފެށުމުގެ ގޮތުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ގެންދާ ކަމަށާ، އަންނަ ޖެނުއަރީ މަހު ތައާރަފު ކުރެވޭ ވަރުވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ހޯމްސްޓޭ ޓޫރިޒަމް އަންނަ އަހަރު ފަށާއިރު މި ވިޔަފާރި އެންމެ ފުރަތަމަ ތައާރަފު ކުރާ އެއް ރަށެއްގެ ގޮތުގައި މ. ދިއްގަރު ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޓޫރިޒަމް މިނިސްޓަރު ވަނީ ހޯމްސްޓޭ ފެށުމުގެ ގޮތުން ހއ. އާއި ހދ. އަދި ފ. އާއި ދ. އާއި ބ އަދި މ. އަތޮޅުގެ ގިނަ ރަށްރަށަށް ދަތުރު ވެސް ކުރައްވާފަ އެވެ.