ރިޕޯޓް

ތިން އަހަރުގެ ކާމިޔާބީއަކީ ފޮނި ވާހަކައެއް ނޫން

Nov 18, 2021
11

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ތިން އަހަރުވެ ހަތަރު ވަނަ އަހަރެއް ގުނަމުންދާއިރު ބައެއް މީހުންގެ ސުވާލަކީ މި ސަރުކާރަށް ވީ ކޮން ކަމެއް ހެއްޔެވެ؟ ކުރެވުނީ ކީއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ސަރުކާރުން ބުނަނީ ވަރަށް މަސައްކަތް ކުރެވި އަދި މިހާރުވެސް ކުރަމުންދާ ކަމަށެވެ. މި ސަރުކާރަށް ތިން އަހަރުވީއިރު އިގްތިސޯދީ ދާއިރާއަށް ބަލައިލިނަމަވެސް ކުރި މަސައްކަތްތަކުގެ އަދަދު ނަމްބަރުން ފެންނަ އެބަހުއްޓެވެ. އެ ނަމްބަރުތަކަށް ބަލާލުމުގެ ފެންނަނީ ތިން އަހަރުގެ ކާމިޔާބީއަކީ ފޮނި ވާހަކައެއް ނޫން ނޫން ކަމެވެ؛ މިއީ ހަގީގަތެކެކެވެ.

އިގްތިސޯދުގެ އެންމެ މުހިންމު ދާއިރާއަށް ބަލާއިރު މަސްވެރިކަމުގެ ހިސާބުތަކުން ވެސް ދައްކަނީ ކުރިއެރުންތަކެއް ހޯދާފައިވާ ކަމެވެ. ހާއްސަކޮށް މަސްވެރިން އެންމެ ބޮޑަށް ޝަކުވާ ކުރާ މަސް ނުކިރުމުގެ މައްސަލަ ހައްލު ކުރަން އަޅާފައިވާ ފިޔަވަޅުތަކާއެކު މަސް ކިރުވި އަދަދު ވަނީ ބޮޑުތަނުން މަތި ވެގެން ގޮސްފަ އެވެ. ވޭތުވެދިޔަ 10 އަހަރު ދުވަހަށް ބެލިނަމަވެސް އެވްރެޖުކޮށް ކިރުވާފައިވަނީ 44,746 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިދިޔަ އަހަރު 49,392 ޓަނުގެ މަސް ކިރުވައި މި އަހަރުގެ މިހާތަނަށް 43,014 ޓަނުގެ މަސް ކިރުވުމަކީ ލިބުނު ބޮޑު ކާމިޔާބީ އެކެވެ. މީގެ އިތުރުން މަސްވެރިޔާގެ ނަފާ އިތުރުުކުރުމުގެ ގޮތުން ގިނަ މަސައްކަތަކެއް ކޮށްފައިވެ އެވެ. މަސްވެރިންނަށް ވިއްކާ ޑީސަލްގެ އިމްޕޯޓް ޑިއުޓީ "ސުން ރޭޓަ" ށް ގެނެވުނެވެ. އަދި ދޯނި ފަހަރު ބަންނަން ގެންނަ ގިނަ ސާމާނުން ޑިއުޓީ ކަނޑާލި އެވެ. ޑިއުޓީ ކަނޑާލި ބާވަތްތަކުގެ ތެރޭގައި ފައިބަ ރެސިން އާއި އިންޖީނު ނެވިގޭޝަން އިކްއިޕްމަންޓް ހިމެނެ އެވެ.

މި ސަރުުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯ އިން މަސްވެރިންނަށް ދައްުކަން 37 މިލިއަން ރުފިޔާ އޮތެވެ. ނަމަވެސް އެ ފައިސާ ދައްކާ ހަލާސްކޮށް މިފްކޯ އިން މިހާރު ދަނީ ހަފްތާއަކު އެއްފަހަރު މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. އަދި ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި މަސް ގަންނާނެ އެންމެ ދަށް އަގު ކަނޑައަޅައި ލޭނު މަސްވެރިކަން ގާނޫނަކުން މަނާކުރި އެވެ.

މަސްވެރިންނަށް ދިން އެހީ

  • އެސްޑީއެފްސީ އިން 232 މިލިއަން ރުފިޔާގެ ލޯނު
  • 39 މިލިއަން ރުފިޔާގެ އިމްކަމް ސަޕޯޓް

ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީގެ ޑިއުޓީ ވެސް މި ސަރުކާރުން ވަނީ ކަނޑާލާފަ އެވެ. އަދި 1،000 އަށްވުރެ ގިނަ ދަނޑުވެރިންނަށް ކޮންޓްރެކްޓް ޔަގީންކޮށް ދީފައިވެ އެވެ. އެގްރޯނެޓް ކޮކޮންޓްރެކްޓް ފާމިން މަޝްރޫއާއެކު 587 ދަނޑުވެރިންނަށް ދަނީ ނަފާ ލިބެމުންނެވެ. އަދި އުފެއްދުންތައް ރައްކާ ކުރަން ނުވަ ރަށެއްގައި އެގްރިސެންޓަރު ހަދައި ދަނޑުވެރިންނަށް 16 މިލިއަންވުރެ ގިނަ ރުފިޔާގެ އެސްޑީއެފްސީން ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ. ދަނޑުވެރި ނަފާ މި ލޯނު 27 މީހަކަށް ލިބުނުއިރު މީގެ 30 ޕަސެންޓަކީ އަންހެނުންނެވެ. އަދި ދަނޑުވެރިކަން ފުޅާ ކުރުމުގެ ގޮތުން މުހިންމު ގާނޫނުތައް ހަދައި ތަންފީޒު ކުރަން ވަނީ ފަށާފަ އެވެ. އަދި މި ދާއިރާއަށް ޒަމާނީ ބަދަލުތައް ގެނައުމުގެ ގޮތުން ދަނޑުވެރިކަން ހިންގާ ބަލަހައްޓަން ހާއްސަ މޮބައިޕް އެޕްލިކޭޝަނެއް ދަނީ ހަދަމުންނެވެ.

8،000 ވަޒީފާއަލަށް އުފެއްދި

މި ސަރުކާރުގެ އެންމެ ސަކްސްސް ސްޓޯރީއަކީ އެސްޑީއެފްސީ އެވެ. އެތަނުން 800 އަށްވުރެ ގިނަ ވިޔަފާރިއަށް އެއް ބިލިއަން ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފައިވެ އެވެ. ނަތީޖާއަކީ 8،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެން ދިއުމެވެ. އަދި ސަރުކާރު ކުންފުނިތަކުން 4،000 އަށްވުރެ ގިނަ ވަޒީފާ އުފެއްދި އެވެ. އަދި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނަ އެވެ. އަދި އެސްއެމްއީއަށް ހާއްސަކޮށް އުފެއްދި ސީޑްބައި ބީސީސީގެ ނަމުގައި ކޯވޯކް ސްޕޭސްއެއް އުފެއްދި އެވެ. ނަތީޖާއަކަށްވީ 9900 އަށްފުރެ ގިނަ ވިޔަފާރި އަލަށް ރަޖިސްޓްރީ ކުރުމެވެ. އަދި ހޯމް ބޭސްޑް ވޯކާސްއަށް ވިޔަފާރި ކުރުމުގެ މަގު ފަހިވެގެން ދިއުމެވެ.

ކޮވިޑަށްފަހު ހުޅުވަން ރާއްޖޭން ދެއްކި ހިތްވަރަކީ ދުނިޔޭގެ ތައުރީފު އޮހުނު ކަމެކެވެ. މި މަސައްކަތް ކާމިޔާބުކޮށް އެއް މިލިއަން ޓޫރިސްޓުން ވަނީ ހަމަކޮށްފަ އެވެ. އެކަން ދުނިޔޭގެ ބޮޑެތި މީޑިޔާތައް ކަމަށްވާ ސީއެމްއެން އިން ވަނީ ރާއްޖޭގެ ސަކްސަސް ސްޓޯރީ ދުނިޔެއަށް ކިޔައި ދީފަ އެވެ. އަދި ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ ޝަރަފުވެސް ލިބިގެން ދިޔަ އެވެ. މީގެ އިތުރުން ޓޫރިޒަމް މުވައްޒަފުންގެ 95 ޕަސެންޓަށް ވެކްސިން ޖަހައި 10 ޕަސެންޓް ސާވިސް ޗާޖު ނަގަން ލާޒިމް ކުރީވެސް މި ތިން އަހަރުތެރޭގަ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފެށުމަކީ މި ސަރުކާރުގެ ބޮޑު ވައުދެކެވެ. މިގޮތުން ފެނާއި ނަރުދަމާގެ 118 މަޝްރޫއެއް ފަށަން ނިންމައި 62 މަޝްރޫއު ކޮންޓްރެކްޓް ކުރެވި 52 މަޝްރޫއެއް ހިންގަމުން ދެ އެވެ. އަދި ބިން ހިއްކުމުގެ ހަތަރު މަޝްރޫއެއް ނިމި އަށް މަޝްރޫއެއް ކޮންޓްރެކްޓް ކުރެވި މަގު ހެދުމުގެ ހަތަރު މަޝްރޫއެއް ނިމި 12 މަޝްރޫއު ހިންގަމުންދާއިރު ނުވަ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފަ އެވެ.

ދަތުރުފަތުގެ ދާއިރާ އަށް ބަލާއިރު އެތެރޭގެ ވައިގެ ދަތުރުފަތުގެ ޓިކެޓުގެ އަގު 25-35 ޕަސެންޓު ކުޑަ ކުރި އެވެ. އަދި 73 ބަނދަރެއްގެ މަސައްކަތް ފަށައި 25 ބަނދަރެއް ނިންމައި 39 ރަަށެއްގެ މަސައްކަތް ކުރިއަށްދާއިރު ނުވަ ބަނދަރު ވަނީ އަލަށް ކޮންޓްރެކްޓްކޮށްފަ އެވެ. އަދި ހއ. ހޯރަފުށީ އެއާޕޯޓް ހަދައި ނިންމި އެވެ. އަދި ރާއްޖެއަށް މުޅިން އަލަށް ހަ އެއާލައިނަކުން ދަތުރު ފެށި އެވެ. ތިމާވެށީގެ ގޮތުންވެސް އިގްތިސޯދަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން 10،000 ހެކްޓަރު ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި ކުނީގެ މައްސަލަ ހައްލު ކުރަންވެސް ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. މިގޮތުން 29،000 ޓަނު ރަށްރަށުގައި ޒަމާންތަުކެއް ވަންދެން ޖަމާވެފައިހުރި ކުނި ނަގައި ސާފުކޮށް ތިލަފުށިން ދުންއެރުން ހުއްޓުވާލި އެވެ. އަދި ކުނި އެޅުން ހުއްޓުވުމުގެ ގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލަން ފިޔަވަޅުތަކެއް އެޅި އެވެ.