ބޮލީވުޑް

"މަނިކޭ މަގޭ ހިތޭ"ގެ އަރަބި ލަވަ އެންމެންގެ ހިތް އަތުލައިފި

ކޮންމެ ބަހަކުން ކިޔާފައިވާ ލަވައެއް ނަމަވެސް މިއުޒިކް ރީތި ނަމަ އަޑުއަހާ މީހުންގެ ހިތްތައް އަތުލަން ފަސޭހަވެ އެވެ. ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" އަކީ މީގެ ރަނގަޅު މިސާލެކެވެ. މިހާރު ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުން ވެސް އެންމެ ގިނައިން އަޑުއަހާ އެންމެ މަގްބޫލު އެއް ލަވައަކީ މި ލަވަ އެވެ.

އިންޑިޔާގައި މި ލަވަ މަޝްހޫރުވީ ވަރުން އެ ގައުމުގައި ވާހަކަ ދައްކާ އެތައް ބަހުރުވައަކުން މި ލަވަ ކިޔާފައި ވެއެވެ. އަދި އަމީތާބު ބައްޗަން ފަދަ އެކްޓަރުން މި ލަވައިގެ ރީތި ކަމުން ނިދިގެއްލުނު ކަމަށް ބުނެފައި ވެއެވެ.

މިހާރު އިންޓަނެޓުގައި އެންމެ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދަމުންދަނީ "މަނިކޭ މަގޭ ހިތޭ" ގެ އަރަބި ލަވަ އެވެ.

'މަނިކޭ މަގޭ ހިތޭ' ގެ އަރަބި ލަވަ

މަރްވާ ހަލީލް އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ މި ލަވަ ކިޔާފައިވަނީ އޭނާއެވެ. އަދި ރެޕާގެ ބައި ކިޔާފައި ވަނީ އާތައްﷲ އެވެ.

"މަނިކޭ މަގޭ ހިތޭ" ގެ އޮރިޖިނަލް ލަވަ ކިޔާފައި ވަނީ ޔޮހާނީ އެއް ނޫނެވެ. ސަތީޝަން ރަތުނަޔަކަ އެވެ. އަދި ލިރިކްސް ލިޔެފައި ވަނީ ޑުކަން އޭއާރްއެކްސް އެވެ. ޔޮހާނީ އަސްލު ކިޔާފައި ވަނީ ޗާމަތު ސަންގީތު ޕްރޮޑިއުސްކުރި އޮރިޖިނަލް ލަވައިގެ ކަވަރު ކޮޕީ އެކެވެ. ޔޮހާނީ މި ލަވަ ފަށަނީ ހަމައެކަނި ޕިއާނޯ ކުޅެމުން އޭނާގެ ފޯނުގެ ކުރިމަތީގައި އިށީނދެ އިނދެ އެވެ.

ލަވަ އެއްކޮށް ކިޔައިދޭން ސަންގީތު އެދުމުން ޔޮހާނީ މިއުޒިކް ވީޑިއޯ ރެކޯޑްކުރީ ލޮކްޑައުން ތެރޭގަ އެވެ. މި ލަވައިގައި ރެޕްކުރާ ބައި ކިޔާފައިވަނީ ސަތީޝަން އެވެ.

ޔޮހާނީ މި ލަވަ ކިޔާލިލެއް އަސަރުގަދަކަމާއި އޭނާގެ މޫނުގައިވާ މައުސޫމް ކަމުން އިސާހިތަކު މި ލަވަ ވައިރަލްވެ އެތައް މިލިއަން ބަޔެއްގެ މަގްބޫލުކަން ލިބުނީ އެވެ.

"މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަން މިހާރު ވަނީ ޔޮހާނީގެ އަޑުން ހިންދީ ފިލްމަކަށް ކިޔައިދީފަ އެވެ. އަދި ފިލްމު "ޝިއްދަތު" ގެ ޓައިޓްލް ޓްރެކްގެ އަންހެން ވާޝަން ވެސް ޔޮހާނީގެ އަޑުން މިހާރު ވަނީ ރެކޯޑް ކޮށްފަ އެވެ.