ބޮލީވުޑް

ސިދާރްތު - ނޯރާގެ 'މަނިކޭ' ލަވަ ވަރަށް ފައްކާ

ސިދާރްތު އާއި ނޯރާ "މަނިކޭ"ގެ މަންޒަރެއްގައި
100%
0%
0%

އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް ކުޅެފައިވާ "ތޭންގް ގޯޑް"ގެ ޓްރެއިލާ ވަރަށް ފަހުން ވަނީ ރިލީޒްކޮށްފަ އެވެ. އަދި މި ޓްރެއިލާއަށް ބެލުންތެރިންގެ ތަރުހީބު ވެސް ވަނީ ލިބިފަ އެވެ.

މި ފިލްމުގެ އެންމެ ރީތި އެއް ލަވަ "މަނިކޭ" ހުކުރު ދުވަހު ރިލީޒްކުރުމުން ފޭނުންނަށް ޓްރެއިލާއަށް ވުރެ ވެސް މިލަވަ މާބޮޑަށް ކަމުގޮސްގެން ސޯޝަލް މީޑީއާގައި އެ ވާހަކަ ދައްކަމުން އެބަ ދެއެވެ.

'މަނިކޭ" ލަވަ

ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނާ ކިޔައިދީފައިވާ "މަނިކޭ"ގެ ވީޑިއޯ ލަވައިގައި ހަރަކާތްތެރިވަނީ ސިދާޜްތު އާއި ނޯރާ ފަތޭހީ އެވެ.

ލަވަ ހިތްގައިމުވެފައި އަދި ސިދާރްތު-ނޯރާގެ ކެމިސްޓްރީ ރަނގަޅުކަމުން މިއީ މިއަހަރު ނުކުންނާނެ އެންމެ ކާމިޔާބު އެއް ލަވައަށް ވާނެ ކަމަށް ބެލުންތެރިން ބުނެފައިވެ ނއެވެ.

ލަވަ ބަލާފައި ފޭނުން ބުނަނީ އިންޑިޔާގައި ފާހަގަކުރާ ދިވާލީގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ބަލާލާ ހިތުން ކެތްމަދުވެފައި ތިބި ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910