ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ކޯޕަރޭޓް މޯލްޑިވްސްއިން ދެމުގެންދާ "ގޯލްޑް 100" އެވޯޑް ރާއްޖޭގެ އެންމެ މަގުބޫލު އެއް ވިޔާފާރި ރެޑްވޭވް އަށް ލިބިއްޖެ އެވެ.
ރެޑްވޭވް އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށް ދިނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރިއަކީވެސް އެއީއެވެ.
ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ކްރޮސްރޯޑުގައި ރޭ ބޭއްވި ހާއްސަ އިވެންޓްގައި ރެޑްވޭވްގެ ޗެއާމަން އަހުމަދު ސަލީމްގެ ފަރާތްޕުޅުން އެ ކުންފުންޏަށް ލިބުނު އެވޯޑާއި ހަވާލުވެޑައިގެންފައި ވަނީ ކޮންޕެނީ ސެކްރެޓަރީ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު އެވެ.
އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ސުޖާއު ވިދާޅުވެފައި ވަނީ ގޯލްޑް 100 އެވޯޑު އެ ކުންފުންޏަށް ލިބިފައިވަނީ ސަލީމް ކުރެއްވެވި ބުރަ މަސައްކަތުންނާއި އަދި ރެޑްވޭވްގެ މެނޭޖްމެންޓްގެ މިންނެތް މަސައްކަތުން ކަމަށެވެ. ރެޑްވޭވްގެ ޓީމަކީ މަސައްކަތަށް ފަރުވާތެރި ވިޔަފާރި ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ސަލީމްގެ ފަރާތްޕުޅުން އެ އެވޯޑާއި ހަވާލުވެވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.
ގޯލްޑް 100 އެވޯޑު ރާއްޖޭގެ ނަން މަޝްހޫރު ގިނަ ވިޔަފާރިތަކަށް ރޭ ވަނީ ލިބިފަ އެވެ.