މިފްކޯ

މިފްކޯގެ މަސް ފިހާރަ ފަޅާލައިފި

Nov 17, 2021

މިފްކޯގެ މަސް ފިހާރަ ފަޅާލައިފި އެވެ.

ފަޅާލީ އެފްއޭއެމް ބިލްޑިން ކައިރީގައި ހުންނަ މިފްކޯގެ ފިހާރަ އެެވެ. އެއީ މާލޭގައި ހުންނަ މިފްކޯގެ އެންމެ ބޮޑު ފިހާރަ އެވެ.

މިރޭ ފަޅާލާފައިވާ މިފްކޯގެ މަސް ފިހާރަ އަކީ ނަމާދު ވަގުތަށް ބަންދުކުރާ ތަނަކަށްވީ ނަމަވެސް އެ ވަގުތުތަކުގައިވެސް ކޮންމެވެސް ވަރަކަށް މުވައްޒަފުން ތިބޭ ފިހާރަ އެކެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އަވަސް އަށް ވިދާޅުވީ މަސް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިރޭ 7:55 ހާއިރު ކަމަށެވެ.

މަސް ފިހާރަ ފަޅާލި ނަމަވެސް ވަގަށް ގެންދިޔަ ތަކެތީގެ މައުލޫމާތާއި އެތަނަށް ބަޔަކު ވަދެފައިވާ ގޮތް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފަޅާލި ފިހާރަ ކައިރީގައި ފުލުހުން ދަނީ ހަރަކާތްތެރިވެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންނެވެ.

މިފްކޯގެ މަސް ފިހާރަ ފަޅާލި މައްސަލާގައި މިފްކޯގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.