ލައިފްސްޓައިލް

އެކްސިޑެންޓެއްގައި ސުޝާންތު އާއިލާގެ ފަސް މެމްބަރަކު މަރުވެއްޖެ

ސުޝާންތު (ވ) އަދި އޭނާގެ އާއިލާގެ ބަޔަކު ދުއްވި ކާރު އެކްސިޑެންޓުވެފައި
100%
0%
0%

މިދިޔަ އަހަރު މަރުވެފައިވާ ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ތިމާގެ މީހުންގެ ތެރެއިން ފަސް މީހަކު މަގުމަތީ އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ. މި އެކްސިޑެންޓު ހިނގީ އިންޑިއާގެ ބިހާރުގެ ލަކީސަރާއީ ކިޔާ ސަރަހައްދެއްގައި ކާރަކާއި ޓްރަކެއް މުޑި އަރައިގެންނެވެ.

އަންގާރަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މަރުވި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ ސުޝާންތުގެ ތިމާގެ މީހުންނެވެ. އަދި ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެ އެވެ.

މި އެކްސިޑެންޓް ހިނގީ ހަރްޔާނާގައި ދިރިއުޅޭ ސުޝާންތުގެ ޅިޔަނެއްގެ ދައްތައެއް މަރުވެގެން އޭނާގެ ޖަނާޒާ އަށް ގޮސްފައި އާއިލާގެ މީހުން ކާރުގައި އެނބުރި ރަށަށް ދާން ދަތުރު ކުރަނިކޮށެވެ.

މި ހާދިސާގައި މަރުވި އެންމެންނަކީ ވެސް ސުޝާންތުގެ ދައްތަގެ ފިރިމީހާގެ އާއިލާގެ މީހުންނެވެ.

ފުލުހުން ބުނެފައިވަނީ ބާރު ސްޕީޑުގައި އައި ޓްރަކެއް ކާރުގައި ޖެހި ހިނގި އެކްސިޑެންޓުގައި ވަގުތުން ހަ މީހުން މަރުވި ކަމަށާއި އަނެއް ހަތަރު މީހުންގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345