ވިޔަފާރި

މޯލްޑިވްސް ލިވިން އެކްސްޕޯ ފަށައިފި

ހައިރައިޒް ޕްރައިވެޓް ލިމިޓެޑްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަަ "މޯލްޑިވްސް ލިވިން އެކްސްޕޯ" މިއަދު ފަށައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި އެކްސްޕޯ ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މިއީ މި އެކްސްޕޯ ބާއްވާ ނުވަ ވަަނަ ފަހަރެވެ. މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހާ ހަަމައަށް ހަވީރު ހަތަރަކުން ރޭގަނޑު 10 އަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި އެކްސްޕޯގައި ރާއްޖޭގައި ގެދޮރުވެރިކަމަށް އިންވެސްޓު ކުރެވޭނެ ގޮތްތަކާއި ލަގްޒަރީ ފަރުނީޗަރާއި އަދި ގޭތެރެއަށް ބޭނުންވާ އެކިއެކި ސާމާނުގެ އިތުރުން ހިޔާ ފްލެޓްތަކާއި ކުރިއަށް ތަނުގައި އަޅާ ފްލެޓްތަކަށް ބޭންކު މެދުވެރުކޮށް ފައިސާ ދައްކާނެގޮތްތަކާ ގުޅޭ ގޮތުން މައުލޫމާތު ލިބޭނެ އެެވެ.

ހައިރައިޒް އިން ބުނީ ފިހަރުގެ އެކްސްޕޯއިން ވެސް ރިއަލް އެސްޓޭޓާއި ގެެދޮރާ ގުޅޭ ސާމާނާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު އެއްފުރާޅެއްގެ ދަށުން ލިބޭނެ ކަމަށެވެ. އަދި އެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި އިނާމްތައް ވެސް ދޭނެ ކަަމަށެވެ.

މިފަހަރުގެ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓެވެ. އަދި ގޯލްޑް ޕާޓްނަރަކީ ސަންދަލް މޮރީޝަސް އެވެ. އަދި މެޑިކަލް ޕާޓްނަރަކީ މެޑްޓެކް މޯލްޑިވްސް އެވެ.

އެކްސްޕޯގައި ބައިވެރިވާ ކުންފުނިތައް

  • މެލޭޝިއާގެ ޕްރޮޕަޓީ އެންޑް ރެސިޑެންސް ކުންފުނި ލިންބާގް
  • ރާއްޖޭގެ ރިއަލް އެސްޓޭޓް ކުންފުނި- އެކުއާވިޓާ ރެސިޑެންސާޒް
  • އާރުސީސީ- ކްރީކް ވިއު
  • އެސްޓީއޯ
  • އެލައިޑް އިންޝުއަރެންސް
  • ރެއިންބޯ
  • ބީއެމްއެލް
  • ވިލާ ހަކަތަ
  • އަޒްމީލް ޑިޒައިން
  • މުނި ހޯމް ކެއާ
  • ޕްރޮކްސީ ހޯމް
  • އިސްލާމިކް ބޭންކް
  • މުނި ހޯމް ކެއާ