އެމްޓީސީސީ

އަނގޮޅިތީމް ބަނދަރު އަޕްޑޭޓް ދީފި

Nov 18, 2021

ރ.އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން 42615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް މި ޕްރޮޖެކްޓްގެ ދަށުން ހިމެނެއެވެ.

މި މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.