އުރީދޫ

ރަންނަމާރި ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ސާފިން އެސޯސިއޭޝަންގެ ފަރާތުން ބާއްވާ ރާޅާ އެރުމުގެ މުބާރާތް "ރަންނަމާރި ޗެލެންޖު" ޑިޖިޓަލް ޕާޓްނަރަކަަށް އުރީދޫ ހަމަޖައްސައިފި އެވެ.

މިމަހުގެ 22 ގައި ފަށާ އެ މުބާރާތުގައި 25 ރަށަކުން 102 ރާޅާއެރުން ތެރިން ބައިވެރިވާނެ އެވެ.

ރަންނަމާރީ ޗެލެންޖަކީ 2000 ވަނަ އަހަރު ސާފިން އެސޯސިއޭޝަން އުފެދިގެން އައުމަށްފަހު 2001 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރާޅާ އެރުމުގެ މުބާރާތް ވެސް މެއެވެ. މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅެތި ރާޅާއެރުންތެރިން ބައިވެރިވަމުން ދެއެވެ.

މި މުބާރާތުގެ ގޯލްޑް މެޑަލް ހާސިލުކުރާ ފަރާތަކީ ރާޅާއެޅުމުގެ ނެޝެނަލް ޗެމްޕިއަންގެ ގޮތުގައި ކަނޑައަޅާނެ އެވެ.