ދުނިޔެ

އިންޑިއާގެ ދަނޑުވެރިންނަށް މޯދީ އަމާންދެއްވައިފި

އިންޑިއާ ސަރުކާރުން ދަނޑުވެރިކަމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ސެޕްޓެމްބަރުގައި އިތުރުކުރަން މަސައްކަތްކުރި ތިން މާއްދާއެއް އުވާލަން ނިންމައިފި އެވެ.

މިބަދަލު އިއުލާން ކުރީއްސުރެ އަދިއަދަށްދާންދެން ވެސް ދަނޑުވެރިން ގެންދަނީ މިކަމަށް ދެކޮޅު ހަދަމުންނެވެ.

ބޮޑުވަޒީރު މޯދީ ސަރުކާރުން ދަނޑުވެރިކަމާ ބެހޭ ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ދަނޑުވެރިން އިތުރަށް ނިކަމެތިވެ ހާލުގައި ޖެހޭނެ ކަމަށް ދަނޑުވެރިންގެ ޔޫނިއަނުން ވެސް އޮތީ ބުނެފަ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫން ބަދަލުކޮށްފި ނަމަ ދަނޑުވެރިންގެ ގިނަ ބަޔަކު މަސައްކަތް ހުއްޓާލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ވަނީ ދަނޑުވެރިންގެ މުދާ ސީދާ ޕްރައިވެޓް ވިޔަފާރިތަކަށް، ދަނޑުވެރިން ބޭނުން އަގެއްގައި ވިއްކޭ ގޮތަށެވެ. ދަނޑުވެރިން ބުނަނީ މި ގޮތަށް ހަމަޖެހިއްޖެނަމަ ދަނޑުވެރިންގެ މައްޗަށް އަމިއްލަ ކުންފުނިތަކުން ބާރުގަދަ ކުރާނެ ކަމަށެވެ. މިހާރު އޮންނަ ގޮތުން ދަނޑުވެރިން މުދާ ސީދާ ސަރުކާރަށް ގަންނަނީ ކަށަވަރު އަގެއްގަ އެވެ.

ދަނޑުވެރިން ބުނާ ގޮތުން އެމީހުންނާ ސަރުކާ ދެމެދު އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށާއި އަމިއްލަ ކުންފުނިތަކަށް މުދާ ވިއްކޭ ގޮތަށް އޮތުމުން މުދަލުގެ އަގު ވެއްޓި ހަމަ އަގު ނުލިބޭނެ ކަމަށެވެ. އަދި ވިއްކާ މީހުންގެ މައްޗަށް ގަންނަ މީހުން ބަސްކިޔައި ވިޔަފާރީގެ ރޫހު ގެއްލުވާލާނެ ކަމަށެވެ.

ދަންޑުވެރިން އެދުނު ގޮތަށް ސަރުކާރުން ލުއިނުދިމުގެ ސަބަބުން ހާލަތު ބަދަލުވެ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ. މަގުތައް ބަންދުކޮށް ދުއްވާ އުޅަނދުތަކަށް ދަތިކޮށް ހިންގި ހަމަނުޖެހުން ތަކުގައި 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ދަނޑުވެރިންގެ ޔޫނިއަނުން ބުނެ އެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ ދަނޑުވެރިންނަށް އަދި ވެސް އިތުރު ލުއިދެއްވާނެ ކަމަށާއި ބަސްނޭހުން ދޫކޮށްލައި ގެއަށް ދިއުމަށް އެދޭ ކަމަށެވެ. ދަނޑުވެރިން ވަނީ މިބަދަލަށް މަރުހަބާ ކިޔައި ސަރުކާރަށް ޝުކުރުއަދާކޮށްފަ އެވެ.