ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މައްސަލަތަކަށް ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި: ރައީސް

އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި ކަމަށާ ކީރިތި ގުރްއާނުގެ އަހްލާގު އުނގެނި ދަސްކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަފުޅުގައެވެ.

ރައީސް ވިދާޅުވީ ރަށު ފެންވަރުގައި ކަންކަން ރާވައި ހިންގާއިރު ގުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި މިސްކިތްތަކުގެ މުދިމުންނާއި އިމާމުންގެ ލަފަޔާއި އިރުޝާދު ހޯދާ މުޅި މުޖުތަމައު އެމީހުންގެ ބަސް ގަބޫލުކުރާ ކަމަށެވެ. އޭރު ދިވެހިންގެ ތެރޭގައި ވަރަށް މަތީ ދަރަޖައަކަށް އެ އިހްތިރާމު އޮތް ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ މުޖުތަމައަށް އެ އާދަތައް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އާދަތައް އަލުން ގެނައުމަށް އާން ކިޔަވައިދެއްވާ މުދައްރިސުންނާއި މިސްކިތްތަކުގެ މުދިމުންނާއި އިމާމުންގެ މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ތަޖުވީދު މަގުން ގުރްއާން ކިޔަވަން ދަސްކޮށް ގުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. ރީތި ރާގުތަކާއި ތަޖުވީދު މަގުން ގުރްއާން ކިޔެވުމަކީ އަޑުއަހާ މީހުންގެ ހިތްތަކަށް ވަރަށްބޮޑު ފިނިކަމެއް ލިއްބައިދޭ ކަމެއް. އަދި އެއީ ދަރުމައާއި ސަވާބުވެސް އިތުރުވާނެ ކަމެއް. ހަމައެއާއެކު ކީރިތި ގުރްއާނުން ހިފޭނެ އެއަށްވުރެ މާގިނަ ބޭނުންތައް ހުންނާނެކަން އަޅުގަނޑަށް ޔަގީން. އެ ބޭނުންތައް އަޅުގަނޑުމެންނަށް ހިފޭނީ އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުގައި ކީރިތި ގުރްއާން ތަންފީޒު ކުރަން ދަސްކޮށްގެން. އާދެ އެއީ ކީރިތި ގުރްއާނުގެ އަހުލާގު އުނގެނި ދަސްކުރުން. އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ރީތި ރާގުތަކާއި ތަޖުވީދު މަގުން ގުރްއާން ކިޔެވުމަކީ އަޑުއަހާ މީހުންގެ ހިތްތަކަށް ވަރަށްބޮޑު ފިނިކަމެއް ލިއްބައިދޭ ކަމެއް. އަދި އެއީ ދަރުމައާއި ސަވާބުވެސް އިތުރުވާނެ ކަމެއް. ހަމައެއާއެކު ކީރިތި ގުރްއާނުން ހިފޭނެ އެއަށްވުރެ މާގިނަ ބޭނުންތައް ހުންނާނެކަން އަޅުގަނޑަށް ޔަގީން. އެ ބޭނުންތައް އަޅުގަނޑުމެންނަށް ހިފޭނީ އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުގައި ކީރިތި ގުރްއާން ތަންފީޒު ކުރަން ދަސްކޮށްގެން. އާދެ އެއީ ކީރިތި ގުރްއާނުގެ އަހުލާގު އުނގެނި ދަސްކުރުން. އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މުޖްތަަމައުގެ މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ އިސްލާމީ ތަރުބަވީ އަހްލާގު ދަންނަ އެއްޗެއް ނޫން ކަމަށެވެ. އިސްލާމްދީނުން ފެންނަން އޮތީ އިޖުތިމާއީ އަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް ކަމަށެވެ. ބައިބައިވުމާއި ވަކިވަކިވުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން ކީރިތި ގުރްއާނުގެ އިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް އެ އިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުން ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގުރްއާން ޓީޗަރުންނާއި ހާފިޒިންނާއި އިމާމުން އުފެއްދުމަށްވުރެ ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ކީރިތި ގުރްއާނުގެ އިލްމުތައް ފެތުރުން. ގުރްއާނުގެ އިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ ކީރިތި ގުރްއާނުގެ އިލްމީ ދިރާސާތައް ކޮށްގެން. މި ޒަމާނުގެ އިލްމީ ހޯދުންތައްވެސް ކީރިތި ގުރްއާނުގެ އިލްމީ ހަގީގަތްތަކުން އިތުރު ފުރިހަމަ ވެގެންދާނެކަން ޔަގީން. އެހެންވީމާ އަޅުގަނޑަށް ވިސްނޭ ގޮތުގައި މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ގުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން،" އަޅާލުން ކުޑަވެފައިވާ ގުރުއާނާ ބެހޭ މަރުކަޒުގެ ދައުރާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ގުރުއާނާބެހޭ މަރުކަޒު މިހާރަށްވުރެ ފުޅާކޮށް ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.